އާކުރެވެނީ ސުނާމީ ކާރިސާގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ ހަނދާން، ދިރިތިބި މީހުން އުޅޭ ހާލެއް ބަލާލުމެއް ނެތް
ސުނާމީވކާރިސާއަށް ފަހު، ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުވި އިރު، އެމީހުންނަށްވެސް ދިމާވީ ހަމަ އެމައްސަލަތަކެވެ. މިމައްސަލަ ދިމާވީ، ސުނާމީއަށްފަހު ފާގަތި ދިރިއުޅުމެއްގެ އުއްމީދުގައި ސަރުކާރުން ދެއްކި ޕްލޭންތައް ޤަބޫލު ކުރި މީހުންނަށެވެ. އެހެން ރަށްރަށުގައި އަމިއްލަ މީހުންގެ ގޯތީގައި ސަރުކާރުން ގެތައް އަޅައިދިން އިރު، ބައެއް މީހުންގެ ގޯތީގައި ތިން ކޮޓަރީގެ ދެގެ އަދި 3 ގެވެސް ސަރުކާރުން އަޅައިދިނެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ބޯލަނބައި ގޯތިތައް ދޫކޮށްލި މީހުންނާއި އެމީހުންގެ ދަރީންނަށް ކުރިމަތިލާން ޖެހުނީ އެތައް ގިނަ މައްސަލަތަކަކާއެވެ. އެމައްސަލަތައް ހައްލުކޮށްދޭކަން އެއްވެސް ސަރުކާރަކުން އަމަލީ ގޮތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރިއެވެ.